ގޯރީގެ ރެސްޓޯރެންޓުގައި ޝާހުގެ ދަރިންނަށް "ސިއްރު ދޮރެއް"

މިހާރު

17 ޖޫން 2025 | އަންގާރަ | 10:01

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ އަންހެނުން ގޯރީގެ ޚާން ހިންގާ ރެސްޓޯރެންޓުގައި އެ ދެމަފިރިންނާއި އެމީހުންގެ ދަރިންނަށް ހާއްސަ "ސިއްރު ދޮރެއް" ހުންނަ ކަމަށް އެތަނުގެ ހެޑް ޝެފް ބުނެފި އެވެ.

އިންޑިއާގެ މުމްބާއީގައި ހިންގާ، އޭޝިއާގެ ކެއުންތައް ލިބޭ "ޓޯރީ" ކިޔާ އެ ރެސްޓޯރެންޓުގެ ހެޑް ޝެފް ސްޓެފަން ގެޑިޓް "އިންޑިއަން އެކްސްޕްރެސް"އެ މުނިފޫހިފިލުވުމުގެ ޗެނަލް "ސްކްރީން"އަށް ދިން އިންޓަވިއުއެއްގައި ބުނީ އެތަނުގައި ޝާހު އާއި ގޯރީ އަދި އެމީހުންގެ ކުދިން ވަދެނުކުމެ ހެދުމަށް ހާއްސަ "ސިއްރު ދޮރެއް" ހުންނަ ކަމަށެވެ.

ޝާހުގެ އާއިލާގެ އިތުރުން ވަރަށް މަދު ސެލެބްރިޓީއަކަށް އެ ދޮރުން ވަދެނުކުތުމުގެ ފުރުސަތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް