ބެލުމެއް ނެތި މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން: ސަލީމް
މިހާރު
17 ޖޫން 2025 | އަންގާރަ | 9:34
ރާއްޖޭގެ ބަޖެޓާއި އިގުތިސާދީ ހާލަތާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ޑިމޮކްރަސީއާއާ އެކު، އެ ބަޔަކު ހިތަށް އެރި އަގެއްގައި ދައުލަތުގެ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވީ، ހާލަތަށް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއާ މިއަދު ދިވެހިން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެ ގޮތަށް ތަނެއް ދޮރެއް ނުބަލައި ކަންކަން ކުރުން ކޮންމެވެސް ހިސާބަކުން ހުއްޓުވަން ޖެހޭ ކަމަށެވެ.