ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
މިހާރު
17 ޖޫން 2025 | އަންގާރަ | 11:05
ވިއްކާ މުދަލަށް ނުވަތަ ދޭ ހިދުމަތަކަށްވާ ފައިސާ ނުލިބެނީސް، ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްނުކޮށް ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓަށް އެހުމުން 36 މެމްބަރަކު ވޯޓު ދެއްވީ ބަލައިނުގަތުމަށެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެމްބަރުންނާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ.
ކެޔޮދު ދާއިރާގެ އެމްޑީޕީގެ، މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެ ގަރާރުގައި ވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމްވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.