ކައުންސިލަރުންގެ އަދަދު މަދުކުރަން އައްޑޫ ސިޓީ ކައުންސިލުން ދެކޮޅު!
މިހާރު
17 ޖޫން 2025 | އަންގާރަ | 3:41
ގާނޫނަށް ގެނައި އިސްލާހާ އެކު އައްޑޫ ސިޓީ ކައުންސިލްގެ އާމްދަނީ އަންނަނީ އިތުރު ވަމުން.
ލާމަރުކަޒީ ނިޒާމު ނެތި ރަށްތައް ތަރައްގީ ނުވާނެ ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށް ލާމަރުކަޒީ ނިޒާމު ފުނޑާލަން މި ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅުވާންޖެހޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ ކައުންސިލްތަކުން މަސައްކަތްނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރެއިން، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިިމް ދީދީ (އައިބީ) ވަނީ އައްޑޫ ކައުންސިލަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.