އިހުސާނަށް ނުގުޅާކަމަށް ބުނެ ދާއޫދު ތަހުގީގަށް ދިނީ ދޮގު ބަޔާނެއް: ކޮމިޝަން

މިހާރު

17 ޖޫން 2025 | އަންގާރަ | 8:21

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހްމަދު ދީފައިވަނީ ދޮގު ބަޔާނެއް ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް އޭނާ ގުޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.

ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާ އެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ ހާދިސާ ހިނގައި، އެ މައްސަލައިގެ ތަހުގީގާ މެދު އާންމުން ސުވާލު އުފައްދަމުންދަނިކޮށް ރައީސް އޮފީހުގެ މަގާމުން ދާއޫދު ސަސްޕެންޑްކުރި އެވެ.

ފުލުހުންގެ ތަހުގީގަށް ދާއޫދު ނުފޫޒު ފޯރުވާފައިވާ ކަމަށް އޭރު ބޭއްވި އެއްވުންތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

މައުޟޫޢުތަށް