ޔުމްނުގެ ބަހެއް ހޯދަން އާއިލާއިން އެއްބާރުލުމެއް ނުދިން: ކޮމިޝަން
މިހާރު
17 ޖޫން 2025 | އަންގާރަ | 9:26
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ބަހެއް ހޯދަން އޭނާގެ އާއިލާ އިން އެއްބާރުލުން ނުދިން ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
ޔުމްނުގެ ބަޔާން ނަގަން ފުލުހުންނަށް ވެސް މިހާތަނަށް ފުރުސަތު ލިބިފައިނުވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.