ފާތިމާ އާއި މާދްވަންގެ ފިލްމު އަންނަ މަހު 11 ގައި ނެޓްފްލިކްސްއަށް

މިހާރު

18 ޖޫން 2025 | ބުދަ | 8:59

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ފާތިމާ ސަނާ ޝެއިހް އާއި އާރު މާދްވަން ލީޑު ރޯލު ކުޅޭ ފިލްމު "އާޕް ޖޭސާ ކޮއި" އަންނަ މަހު 11 ގައި ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.

ކަރަން ޖޯހަރްގެ ދަރްމެޓިކް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ޕްރިމިއާކުރާ ތާރީޙު ނެޓްފްލިކްސް އިން އިއުލާންކުރީ އިއްޔެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޓީޒާ ނެރެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ 2021 ވަނަ އަހަރު ދަރްމެޓިކް އެންޓަޓެއިންމަންޓުން އުފައްދައި، ނެޓްފްލިކްސް އިން ގެނެސްދިން ރޮމޭންޓިމް ކޮމެޑީ "މީނާކްޝީ ސުންދަރޭޝްވަރް"ގެ ޑައިރެކްޓަރު ވިވެކް ސޯނީ އެވެ.

މައުޟޫޢުތަށް