ލަންކާގެ ބައެއް ކޮލެޖްތައް ސަސްޕެންޑްކޮށްފައި ވާތީ، އެތަންތަނުގައި ކިޔެވުން ނުފަށަން އެދިއްޖެ
މިހާރު
18 ޖޫން 2025 | ބުދަ | 12:23
ސްރީ ލަންކާގައި މަތީ ތައުލީމުދޭ ބައެއް ކޮލެޖް/ޔުނިވާސިޓީތައް ސަސްޕެންްޑްކޮށްފައިވާތީ އެތަންތަނުގައި، ކިޔެވުން ނުފެށުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދިއްޖެ އެވެ.
އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލަންކާއަށް ކިޔަވަންދާ ދަރިވަރުން ސަމާލުވާން އިލްތިމާސްކުރައްވައި އެމްކިޔުއޭގެ ބަޔާނެއް ހިއްސާކުރައްވައިފަ އެވެ.
އެ ބަޔާނުގައި ބުނީ ސްރީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީތައުލީމުދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ.