ޓެކްސީ ފްލީޓަށް ގެންނަ ކާރުތައް އާއްމުންނަށް ވެސް ގަނެވޭނެ: އެމްޓީސީސީ
މިހާރު
18 ޖޫން 2025 | ބުދަ | 2:22
ސަރުކާރުން ތައާރަފްކުރާ އިލެކްޓްރިކް ޓެކްސީ ލައިން "އީވީ"ގެ ފްލީޓްގައި ހިމެނޭ އިލެކްޓްރިކް ކާރުތައް އާއްމު ފަރާތްތަކުން ގަންނަން ބޭނުންވާނަމަ އެމްޓީސީސީ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
ރޭ ބާސެލޯ ނަސަންދުރާގައި އޮތް އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ސައުދީ ވިދާޅުވީ އެ ޓެކްސީ ލައިނުގެ ވެހިކަލްތައް ސަޕްލައިކުރަން ކުންފުންޏެއް ކަނޑައެޅީ އެމްޓީސީސީއަށް ޑިސްޓްރިބިއުޓާޝިޕް ލިބޭ ގޮތަށް ކަމަށެވެ.
"އީވީ ކާރު ރާއްޖޭގައި އާއްމުވެ, މި އުޅަނދު އަމިއްލަ ގޮތަށް ގަންނަން ބޭނުންވިޔަސް އެމްޓީސީސީ ޓްރޭޑިން ތެރެއިން ލިބޭނެ ގޮތަށް މި މަގު ފަހިކުރަނީ. އެކަމުގެ ކަންތައްތައް އެބަ ކުރިއަށްދޭ." އޭނާ ވިދާޅުވި އެވެ.