ބްރޯޑްކޮމް އިން ޒީނިޔާ ވަކިކުރި މައްސަލަ ޓްރައިބިއުނަލްގައި

މިހާރު

18 ޖޫން 2025 | ބުދަ | 4:01

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.

ޒީނިޔާގެ ވަކީލް، މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ މި މަހުގެ 2 ވަނަ ދުވަހު ހުށަހެޅި މައްސަލަ ޓްރައިބިއުނަލްއިން ބަލައިގަނެ، އަޑު އެހުންތައް ފަށާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތެރެއިން ޒީނިޔާ ވަނީ ބްރޯޑްކޮމް އަށް ސެކްރެޓަރީ ޖެނެރަލް އެއް އައްޔަންކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.

ނަމަވެސް، ޓްރައިބިއުނަލްއިން މިއަދު ނިންމާފައިވަނީ އެފަދަ އަމުރެއް ނަގައިނުދެވޭނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ވަނީ ނިންމައިފަ އެވެ.

މައުޟޫޢުތަށް