މަގޭ ސާފު ރާއްޖެ: ކުނި މެނޭޖުކުރުމާ ބެހޭ ފުރަތަމަ ގައުމީ ކޮންފަރެންސް އަންނަ މަހު ބާއްވަނީ
މިހާރު
19 ޖޫން 2025 | ބުރާސްފަތި | 1:29
ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ކުނި މެނޭޖުކުރުމާ ގުޅުންހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ ބޭފުޅުން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ.
ރާއްޖޭގައި ކުނި މެނޭޖުކުރުމާ ބެހޭ ފުރަތަމަ ގައުމީ ކޮންފަރެންސް "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ ކޮންފަރެންސް އިއުލާންކުރީ އެކަމަށްޓަކައި، މާލެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ހުންނަ މަގޭ ސާފު ރާއްޖެ ބިލްޑިންގްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.