ރާއްޖޭގައި ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައުލޫމާތު އިންޓަޕޮލްގެ ގައުމުތަކަށް އަންގަން ފަށައިފި
މިހާރު
19 ޖޫން 2025 | ބުރާސްފަތި | 3:39
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ތެރެއިން ތެރެއިން ހުކުމް ތަންފީޒުކޮށް ނިމިގެން މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައުލޫމާތު އިންޓަޕޯލްގެ ގައުމުތަކަށް ލިބޭ ގޮތަށް ގްރީން ނޯޓިސް ނެރެން ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ރާއްޖޭގައި އާންމުކޮށްފައިވާ ކަމަށެެވެ.
އޭގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިިމި، މުޖްތަމައުއަށް ދޫވެފައިވާ މީހުންގެ މައްޗަށް އިންޓަޕޮލް ގްރީން ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 43 މީހެކެވެ. އެއީ 25 ދިވެހިންނާއި 18 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.