ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް ވަރަށް ބޮޑު އަނިޔާވެއްޖެ

މިހާރު

19 ޖޫން 2025 | ބުރާސްފަތި | 9:20

އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، ތޮއްޑޫގެ މަގެއްގެ މަތިން ދުއްވި ސައިކަލުން އެއް އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ރޭ ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އެ ކުއްޖާ އިމަޖެންސީގައި މާލެ ގެނެސް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް