2022 އާއި 2023ގެ ގަދަ 10ގައި 1،800 އަށްވުރެ ގިނަ ދަރިވަރުން
މިހާރު
20 ޖޫން 2025 | ހުކުރު | 11:52
ދެހާސް ބާވީސް ވަނަ އަހަރާއި ދެހާސް ތޭވީސް ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1،800 އަށްވުރެ ގިނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ ދެ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ ބާއްވާނީ މާދަމާ އަދި އޭގެ އަނެއް ދުވަހު އެވެ.
ފަސް ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ ސޯޝަލް ސެންޓަރުގަ އެވެ.