މެސީގެ ގޯލާ އެކު އިންޓަ މަޔާމީ މޮޅުވި އިރު ޕީއެސްޖީ ބަލިވެއްޖެ
މިހާރު
20 ޖޫން 2025 | ހުކުރު | 2:42
އެޓްލާންޓާ (ޖޫން 20) - މެސީ ކާމިޔާބު ކޮށްދިން ހިލޭ ޖެހުމަކުން 2-1 އިން ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށް، އިންޓަ މަޔާމީ ފުރަތަމަ މޮޅު ހޯދި އިރު، އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ ބަލިވެއްޖެ އެވެ.
ޕީއެސްޖީ ބަލިވީ ބްރެޒިލްގެ ބޮޓަފޮގޯއާ ވާދަކޮށް 1-0 އިންނެވެ. ފުރަތަމަ ހާފުގައި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ބޮޓަފޮގޯގެ އީގޯ ޖީސުސް އެވެ.
މި މެޗުގައި ވެސް ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ކުޅެފައެއް ނުވެ އެވެ. އޭނާ އަންނަނީ ޔޫއެފާ ނޭޝަންސް ލީގުގެ މެޗެއްގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ.