އާމިރުގެ އާ ފިލްމަށް ރަނގަޅު ރިވިއުތަކެއް

މިހާރު

20 ޖޫން 2025 | ހުކުރު | 2:32

އިއްޔެ ޕްރިމިއާކުރި އާމިރް ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު"އަށް ރަނގަޅު ރިވިއުތަކެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަށް ވަނީ ކްރިޓިކުންގެ ތައުރީފު ލިބިފަ އެވެ. އަދި ބެލުންތެރިންގެ ފަރާތުން ވެސް ރަނގަޅު ރިވިއުތައް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ބައެއް ކްރިޓިކުން ބުނީ މި ފިލްމަކީ އަހަރުތަކެއް ފަހުން އާމިރް އޭނާގެ އަސްލު ސްޓައިލްގައި ގެނެސްދިން ރީތި ފިލްމެއް ކަމަށެވެ. އެންޑީ ޓީވީ އާއި ޓައިމްސް އޮފް އިންޑިއާ އަދި ދަ ހިންދޫ ކަހަލަ އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ފިލްމު ކްރިޓިކުން ވެސް މި ފިލްމަށް ދީފައި ވަނީ ވަރަށް ޕޮޒިޓިވް ރިވިއުތަކެކެވެ.

މައުޟޫޢުތަށް