ބުރުނު ޝިކާރުގެ ޗެމްޕިއަންކަން އާމިން އާއި އިޔާން އަށް

މިހާރު

20 ޖޫން 2025 | ހުކުރު | 9:28

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ އާއި އިޔާން އަހުމަދު މިއަދު ހޯދައިފި އެވެ.

މެންސް އޯޕަންގެ ޗެމްޕިއަންކަން ޒުވާން ބޮޑީބޯޑަރު އާމިން ހޯދީ މިއަދު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ފައިނަލް ހީޓުގައި އެންމެ ފަހުގެ ޗެމްޕިއަން އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ފަހަތަށް ޖައްސާލައިފަ އެވެ.

އާމިން ވަނީ ޖުމްލަ 13.76 ޕޮއިންޓާ އެކު 0.26 ޕޮއިންޓުގެ ފަރަގަކުން ހީޓު ކާމިޔާބު ކޮށްފަ އެވެ. ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ކުޑަ އައްޔަ އަށް ލިބުނީ 13.50 ޕޮއިންޓެވެ. މި ހީޓުގައި އެއް ރާޅަށް އެންމެ ގިނަ ޕޮއިންޓް ހޯދީ ވެސް އާމިން އެވެ. އޭނާގެ ހަތަރުވަނަ ރާޅުގައި ވަނީ 8.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

މައުޟޫޢުތަށް