ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރައްވާ ޖަލްސާއަށް ސަރުކާރުން ސަލްޓަން ޕާކު ހަމަޖައްސައިދީފި
މިހާރު
20 ޖޫން 2025 | ހުކުރު | 10:34
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީ އަށް ސޮއިކުރައްވުމުގެ ހާއްސަ ޖަލްސާ އަށް ސަރުކާރުން ސަލްޓަންޕާކު ހަމަޖައްސައިދީފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވީ ސަލްޓަން ޕާކު މަރާމާތުކުރަން ސިޓީ ކައުންސިލުން އެ ތަން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެއްވެސް ބަޔަކަށް އެ ތަން ކުއްޔަށް ދީފައިނުވާ ކަމަށާއި ކުއްޔަށް ދިނުމަށް އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު، އެމްޑީޕީން އެދިގެން އެ ޕާޓީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޫކުރަން މިހާރު ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މުއްތަލިބު ވިދާޅުވި އެވެ.