ދައުލަތުގެ ހަރަދު 23 ޕަސެންޓު ދަށް، އާމްދަނީ 6 ޕަސެންޓު އިތުރު

މިހާރު

21 ޖޫން 2025 | ހޮނިހިރު | 10:01

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އިގުތިސާދީ ދަތިކަމާ ހެދި ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 23 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ.

ދައުލަތުގެ ރިކަރަންޓް ހަރަދު 5.3 ޕސެންޓުން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 ޕަސެންޓުން ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް ވަރެއްގައި ދަމަހައްޓައިފަ އެވެ.

މައުޟޫޢުތަށް