ކަންބޮޑުވުމާއެކު މިނިސްޓަރު ދެއްކެވީ ކުދިންގެ ނަތީޖާ ދަށަށް ދާ މަންޒަރުތައް!
މިހާރު
21 ޖޫން 2025 | ހޮނިހިރު | 12:30
މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި އޯ ލެވެލްގެ ނަތީޖާ ދަށްވާ މައިގަނޑު ސަބަބަކީ ޕްރައިމަރީ ފެންވަރު ދަށްވުން.
ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ތައުލީމީ ދާއިރާ އަށް ހޭދަކުރަމުން އަންނައިރު އެ ދާއިރާ އިން އެންމެ އެދެވޭ ހިސާބަށް އަދިވެސް ނުދެވޭ ކަމަށާއި އެއީ އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.