500 މީހުންނާ އެކު މި އަހަރުގެ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

މިހާރު

21 ޖޫން 2025 | ހޮނިހިރު | 4:04

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިސް ނަގައިގެން މި އަހަރުގެ ޔޯގާ ދުވަސް ރިސޯޓެއްގައި މިއަދު ފާހަގަކޮށްފި އެވެ.

ސަރުކާރުގެ އެހީތެރިކަމާ އެކު، މި ފަހަރުގެ ޔޯގާ ދުވަހުގެ ހަރަކާތްތައް އިންޑިއާ ހައި ކޮމިޝަނުން ބޭއްވީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ.

އެ ރިސޯޓުގައި ބޭއްވި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް ބައިވެރިވެވަޑައިގަތެވެ.

މައުޟޫޢުތަށް