އިޒްރޭލުން ދަނީ މުޅި ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުން ނަގާލަމުން: ހަލީލް
މިހާރު
21 ޖޫން 2025 | ހޮނިހިރު | 10:35
އިޒްރޭލުގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ކަމަށާއި އެ ގައުމުން ދަނީ މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ނަގާލަމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 51 ވަަނަ ސެޝަންގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވަނީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދެއް ނެތް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްދޭ އަނިޔާތަކުން ފެށިގެން އިރާނަށް ދިން ހަމަލާތަކުން ވެސް އެ ގައުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަން ދޭހަވާ ކަމަށެވެ.