އުރުދުންގައި ތާށިވި ދިވެހި ޓީމުން އިރާނުގެ ކޯޗު ފިޔަވައި އެހެން އެންމެން ރާއްޖެ އަތުވެއްޖެ، ކޯޗު އަންނާނީ ހޯމަ ދުވަހު

މިހާރު

22 ޖޫން 2025 | އާދިއްތަ | 12:18

އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން އުރުދުންގައި ތާށިވި ދިވެހި ގައުމީ ޓެނިސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

އެކަމަކު ޓީމުގެ ކޯޗު އިރާންގެ އަލީ ރިޒާ އަށް ޓީމާ އެކު ދަތުރެއް ނުކުރެވުނެވެ. ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލް ބުނީ ކޯޗު އެނބުރި ރާއްޖެ އަންނާނީ ހޯމަ ދުވަހު ކަމަށެވެ.

އޮފިޝަލް ބުނިގޮތުގައި އުރުދުންގެ ވެރިރަށް އައްމާން އިން ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ އައީ ދުބާއީ މަގުންނެވެ.

މައުޟޫޢުތަށް