"މޮއާނާ 2" އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ
މިހާރު
22 ޖޫން 2025 | އާދިއްތަ | 6:45
ޑިޒްނީގެ ކާޓޫން "މޮއާނާ 2" އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "ޑެޑްލައިން" އިން ރިޕޯޓްކުރި ގޮތުގައި، ނިމުނު ހަފުތާގައި "މޮއާނާ 2" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއާ އެކު، އެ ފިލްމަކީ އެވަރުގެ އާމްދަނީއެއް ލިބުނު 59 ވަނަ ފިލްމަށް ވަނީ ވެފަ އެވެ.
މިދިޔަ އަހަރު ނޮވެމްބަރު 27 ގައި ޕްރިމިއާކުރި "މޮއާނާ 2"އަކީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.