ރާމް އާއި އެކްތާ މައްސަލަ ޖެހިއްޖެ

މިހާރު

22 ޖޫން 2025 | އާދިއްތަ | 6:08

އިންޑިއާގެ ޓީވީ އެކްޓަރު ރާމް ކަޕޫރާއި ޕްރޮޑިއުސަރު އެކްތާ ކަޕޫރާ ދެމެދުގައި ބޮޑު މައްސަލައެއް ޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރާމް އާއި އެކްތާގެ ގުޅުން ގޯސްވެގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެ ދެމީހުންގެ މެދުގައި ބޮޑު މައްސަލައެއް ޖެހިގެން އުޅޭކަން، ރާމް މިދިޔަ ހަފުތާގައި ދިން އިންޓަވިއުއަކުން ވެސް ޔަގީންވެފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މި މައްސަލަ ޖެހުނީ ރާމް ލީޑު ރޯލު ކުޅުނު އެކްތާގެ ޓީވީ ސިލްސިލާ "ބަޑޭ އައްޗޭ ލަގުތޭ ހޭ 1"ގައި މާ ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހުމުން އޭނާ ހިތްހަމަނުޖެހުނުކަން މި އަހަރު ކުރީކޮޅު ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ބުނުމުންނެވެ. އެއީ 2011 އިން 2014 ވަނަ އަހަރަށް ސޮނީ ޓީވީން ގެނެސްދިން ޑްރާމާއެކެވެ. ރާމް ބުނީ އެ މަންޒަރުތައް ކުޅެން އޭނާ ބޭނުން ނުވިޔަސް، އެކްތާ އެކަން ކުރަން ޖެހޭނެޔޭ ބުނުމުން އެކަމަށް އެއްބަސްވާން ޖެހުނީ ކަމަށެވެ.

މައުޟޫޢުތަށް