ޔޫރަޕްގެ ކުޅުންތެރިން ހޫނަށް ފަރިތަވާން ޖެހޭ: ޖޯބެ
މިހާރު
22 ޖޫން 2025 | އާދިއްތަ | 10:21
ސިންސިނާޓީ (ޖޫން 22) - ނަތީޖާ ނެރުމަށްޓަކައި އެމެރިކާގެ ހޫނު މާހައުލުގައި ކުޅެން ޔޫރަޕްގެ ކުޅުންތެރިން ހޭނެން ޖެހޭ ކަމަށް ޖޯބެ ބެލިންހަމް، 19، ބުނެފި އެވެ.
އެމެރިކާގެ ގަޑިން އިއްޔެ މެންދުރު 12 ޖެހިއިރު ޑޯޓްމަންޑުން 4-3 އިން ދެކުނު އެފްރިކާގެ ސީޓްލް ސަންޑައުން ބަލިކުރި މެޗުގައި ޖޯބެ ވަނީ ފުރަތަމަ ފަހަރަށް އެ ޓީމަށް ގޯލެއް ޖަހައިފަ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.
ތިރީސް ދެ ޑިގްރީ ސެލްސިއަސްގެ ހޫނުގައި މެންދުރު ވަގުތު ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ޖޯބެ ބުނީ، ކްލަބް ވޯލްޑް ކަޕް ކުރިއަށް ދާވަރަކަށް ހޫނުގައި ކުޅެން ޔޫރަޕްގެ ކުޅުންތެރިން ހޭނެން ޖެހޭ ކަމަށެވެ.