ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށަނީ
މިހާރު
22 ޖޫން 2025 | އާދިއްތަ | 12:24
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި މިނިސްޓަރުގެ ވާހަކަ ބޮޑަށް އަމާޒު ކުރެއްވީ ޓީޗަރުން ލިބުމުގެ ދަތިކަމުގެ މައްޗަށެވެ. އެގޮތުން އެއް ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ނުލިބޭ މައްސަލައަށެވެ.
"ސެން ޓީޗަރުން މިހާރު ވެސް ގާތްގަނޑަކަށް 600 ޓީޗަރުން ބޭނުންވޭ. ޕްރައިމަރީ ދާއިރާ އަށް ގާތްގަނޑަކަށް 200 އެއްހާ ޓީޗަރުން ބޭނުންވޭ. އެކިއެކި ރަށްރަށުގައި ދިވެހި އިސްލާމް ކިޔަވައިދޭ ޓީޗަރުން ލިބުމުގައި ދަތި،" އިސްމާއިލް ވިދާޅުވި އެވެ.