އިރާނުން އެދުނީ އެމެރިކާގެ އަމަލުތަކާ މެދު ހުރިހާ ގައުމަކުން ވެސް ސަމާލުވާން!

މިހާރު

22 ޖޫން 2025 | އާދިއްތަ | 11:47

އެމެރިކާ އިން އިރާނަށް މިއަދު ދިން ވަރުގަދަ ހަމަލަތަކާ އެކު، ހުރިހާ ގައުމަކުން ވެސް ސަމާލުވެ ތިބުމަށް އިރާނުން އިލްތިމާސް ކޮށްފި އެވެ.

އިރާނުގެ ނިއުކްލިއާ އުފައްދާ ތިން ތަނަކަށް މިއަދު ހެނދުނު އެމެރިކާ އިން ފުރަތަމަ ފަހަރަށް ހަމަލާ ދިނެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔާ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން މަރުކަޒަށް އެމެރިކާ އިން ހަމަލާދީފައިވާ ކަން ސޯޝަލް މީޑިއާ މެދުވެރި ކުރައްވައި، އިއުލާނު ކުރައްވައިފަ އެވެ

އެ ހަމަލާ އަށް ފަހު، އިރާނުގެ ސަރުކަރުގެ ފަރާތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން އައްބާސް އަރަގްޝީ ވިދާޅުވީ އިރާނަށް އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ.

މައުޟޫޢުތަށް