އެމެރިކާގެ ހަމަލާތަކަށް ފަހު ވެސް އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދު ހަމަލާތަކެއް

މިހާރު

22 ޖޫން 2025 | އާދިއްތަ | 12:31

އީރާނާއި އިޒްރޭލުން ދެމުންދާ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ އިން ވަދެ، އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ރޭ ހަމަލާ ދިނުމުން ރައްދުގައި އީރާނުން އިޒްރޭލަށް ދިން ހަމަލާގައި 16 މީހަކަށް އަނިޔާވެއްޖެ އެވެ.

އިޒްރޭލުން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަމުން ދަނިކޮށް ރޭ އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އިތުރު ހަމަލާތައް ވެސް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭގެ ފަހުން ދެއްވި އެވެ.

ރައްދުގައި އީރާނުގެ 27 މިސައިލް ހަމަލާއެއް އިޒްރޭލްގެ ހައިފާ އާއި ތެލްއަވީވަށް އަމާޒުވި ކަމަށް އިޒްރޭލް ސިފައިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުންޏެވެ. އެ ހަމަލާތަކުގައި މަދުވެގެން 16 މީހަކަށް އަނިޔާވެފައިވާ ކަމަށް އިޒްރޭލްގެ ސިފައިންނާ ހަވާލާދީ ރިޕޯޓުތަކުގައިވެ އެވެ.

މައުޟޫޢުތަށް