އިޒްރޭލްގެ ސްޓްރެޓެޖިކް 10 ތަނަކަށް އިރާނުން ހަމަލާ ދީފި، މި ފަހަރު ވެސް އެއާޕޯޓު ހިމެނޭ

މިހާރު

22 ޖޫން 2025 | އާދިއްތަ | 12:38

އިޒްރޭލުގެ ސްޓްރެޓެޖިކް މުހިންމު 10 ތަނަކަށް އިރާނުން މިއަދު ވަރުގަދަ ހަމަލަތަކެއް ދީފި އެވެ.

އިޒްރޭލުން ވެސް ބުނީ، އެ ހަމަލާތައް އަމާޒުވެ 13 މީހުން ޒަހަމް ވެފައިވާ ކަމަށެވެ އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލު ނޫހުން ބުންޏެވެ.

އިރާނުން އެންމެ ފަހުން ދިން ހަމަލާތައް އަމާޒު ކުރީ އިޒްރޭލްގެ ބެންގޯރިއަން އެއާޕޯޓަށާއި އަސްކަރީ ކޮމާންޑް ސެންޓަރަކާއި އަސްކަރީ ދިރާސާ ކުރާ މަރުކަޒުތަކަށް ކަމަށް އެ ގައުމުން ބުންޏެވެ. އެކަމަކު، ހަމަލާތައް އަމާޒުވީ ކޮން ތަންތަނެއް ކަމެއް އިޒްރޭލަކުން ނުބުނެ އެވެ. ޓައިމްސް އޮފް އިޒްރޭލުން ބުނީ 10 ތަނަކަށް ހަމަލާ އަމަާޒުވި ކަމަށެވެ.

މައުޟޫޢުތަށް