ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން އެއްބާރުލުން ދިނުމުން އިލްމުވެރިންގެ ޖަމިއްޔާ ކަންބޮޑުވެއްޖެ
މިހާރު
22 ޖޫން 2025 | އާދިއްތަ | 6:51
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން އެއްބާރުލުން ދިން ކަމަށް ބުނެ އިލްމުވެރިންގެ ޖަމިއްޔާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން މި ފަހަރުގެ ޔޯގާ ދުވަސް އިއްޔެ ފާހަގަކުރީ އެ ގައުމުގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ.
ފައްސަތޭކައަށް ވުރެ ގިނަ މީހުން ބައިވެރިވި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް ބައިވެރިވެވަޑައިގަތެވެ.