ޓްރަމްޕަށް ސުލްހައިގެ އިނާމު ދޭން ޕާކިސްތާނުން ހުށަހެޅުމުން ފާޑުކިޔުން
މިހާރު
23 ޖޫން 2025 | ހޯމަ | 12:08
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޮބެލް ސުލްހައިގެ އިނާމު ދޭން ޕާކިސްތާނުން ހުށަހަޅާނެ ކަމަށް އިއުލާން ކުރުމުން އެ ގައުމުގެ ސަރުކާރާއި އަސްކަރިއްޔާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިދިޔަ މަހު ފަހުކޮޅު ބަދަލުކުރި ހަމަލާތައް ހުއްޓުވުމުގައި ޓްރަމްޕް އަދާކުރެއްވި ދައުރު ފާހަގަކޮށް އޭނާގެ ނަން ނޮބެލް އިނާމަށް، ޕާކިސްތާނުން ނޮމިނޭޓް ކުރާނެ ކަމަށް އެ ގައުމުންގެ ސަރުކާރުން އިއުލާން ކުރީ އިއްޔެ އެވެ.
މިއަދު އެމެރިކާއިން ވަނީ ޕާކިސްތާނުގެ އަވައްޓެރި އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާ ދީ މަސްރަހު އިތުރަށް ގޯސް ކުރުވާފަ އެވެ.