2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިބޫ އިއުލާނުކުރައްވައިފި
މިހާރު
22 ޖޫން 2025 | އާދިއްތަ | 10:54
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ އިއުލާނުކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، އިބޫ މިކަން ހާމަކުރެއްވީ، އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ކަމަކު އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިބޫގެ ވަރަށް އަރިސް ބޭފުޅަކު "މިހާރު" އަށް މިރޭ ވިދާޅުވީ، އެ ނިންމެވުން އިއުލާން ކުރެއްވުމުގެ ކުރިން އެމްޑީިޕީގެ އެކި ފަންތީގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.