ގޭގޭގެ ތަށިމުށިގަނޑުތައް ފަޅައިގެން ގޮސް ފުނޑުފުނޑުވުން އާންމުވެއްޖެ، މިވަނީ ކިހިނެއް؟
މިހާރު
26 ޖޫން 2025 | ބުރާސްފަތި | 9:33
ސިޓިންރޫމާއި ބަދިގޭގެ ތަށިމުށިތައް ކުއްލިގޮތަކަށް މައްޗަށް އަރައިގެން ދިޔައީ "ބިންހެލުމެއް" އައި ކަމުގެ އިހުސާސާ އެކު އެވެ. ކުރިއަކުން ތަށިމުށިގަނޑުގައި ރެނދެއް ވެސް ނެތެވެ. ހަމަ ކުއްލިއަކަށް ތަށިމުށިތައް ފަޅައިގެން ދިޔަ ގޮތް ފެނިފައި ޝިފާ އާއި އޭނާގެ އާއިލާ އިން ބިރުން ދުއްވަގަތީ ބޭރަށެވެ.
"ހެނދުނު ގަޑީގައި އަޅުގަނޑާއި މަންމަ އާއި ދަރިފުޅާއި ޅިޔަނު ސައިބޯން ވެގެން އުޅުނީ. އެ ގަޑީގައި ހަމަ ކުއްލިއަކަށް އިވެން ފެށީ ރެނދުލާ ކަހަލަ އަޑެއް. ދެން އަޅުގަނޑަށް ވެސް އިހުސާސް ކުރެވުނީ ފްލޯ ވައިބްރޭޓްވާ ކަމަށް،" ޝިފާ ކިޔައިދިނެވެ.
އެކަމާ މެދު މާބޮޑަށް ވިސްނާލަން ފުރުސަތު ނުލިބި އުޅެނިކޮށް ގަދަ އަޑަކާ އެކު ތަށިމުށިތައް ފަޅަފަޅައިގެން ގޮސް ނެއްޓުނީ އެވެ.