ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާ އިމާރާތަށް
މިހާރު
23 ޖޫން 2025 | ހޯމަ | 10:09
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލެއް ހަދަން ނިންމާފައި ވާތީ، ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ހުސްކުރުމަށްޓަކައި އެ ހޮސްޕިޓަލްގެ މަސައްކަތްތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފަ އެވެ.
އާ ހޮސްޕިޓަލް ވެސް އިމާރާތް ކުރަން ސަރުކާރުން ނިންމާފައި ވަނީ މިހާރު ވިލިމާލެ ހޮސްޕިޓަލް ހިންގާ ތަނުގަ އެވެ. އެހެންވެ، އެ އިމާރާތް މިހާރު ހުސް ކުރަން ބޭނުންވާތީ ވިލިމާލެ ހޮސްޕިޓަލް ބަދަލުކުރަނީ ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހިންގި ތަނަށެވެ.
އެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، "އަމާން ހިޔާ" ގައި ވިލިމާލޭގެ ވަގުތީ ހޮސްޕިޓަލު ހިންގުމަށް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވަނީ ސޮއިކުރައްވައިފަ އެވެ.