މިނިމަމް ވޭޖް ރިވިއުކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިމޭނެ: މިނިސްޓަރު
މިހާރު
23 ޖޫން 2025 | ހޯމަ | 11:25
ރާއްޖޭގައި މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރަށް ނިމޭނެ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
އެންމެ ކުޑަ އުޖޫރަ ރިވިއު ކުރުމުގެ މަސައްކަތް ލަސްވާތީ އެކަމާ ގުޅިގެން ސުވާލުކުރަން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ހުށަހެޅުއްވުމުން، މިނިސްޓަރު ހައިދަރު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގަތެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭންޖެހޭ ވަކި ވަރެއް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް އޮންނައިރު އެ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންޖެހެ އެވެ.