"ޒަޔަނިސްޓް ދުޝްމަނުންނަށް" އަދަބު ދިނުން ކުރިއަށްދާނެ: ހާމަނާއީ

މިހާރު

23 ޖޫން 2025 | ހޯމަ | 11:18

އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކަށް އަދަބު ދިނުން ކުރިއަށް ގެންދާނެ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އެމެރިކާ އިން އިއްޔެ ހަމަލާ ދިން ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހާމަނާއީ ވިދަޅުވީ "ޒަޔަނިސްޓް ދުޝްމަނުންނާ" ދެކޮޅަށް ބަދަލު ހިފުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެކަމަކު، އެމެރިކާއިން ދިން ހަމަލާގެ ވާހަކަ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓުގައި ހިމަނުއްވައިފައެއް ނުވެ އެވެ. ވިދާޅުވީ "ޒަޔަނިސްޓް ދުޝްމަނުން" ކުރީ ބޮޑު ކުށެއް ކަމަށެވެ.

މައުޟޫޢުތަށް