ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ ގަރާރެއް
މިހާރު
23 ޖޫން 2025 | ހޯމަ | 12:13
ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ނުލިބި، މަސައްކަތް ކުރަން ޖެހޭތީ، އެކަމާ މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމް ދާއިރާގެ މެންބަރު އަމީން ފައިސަލެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނީ އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ސިއްހީ އަދި ތައުލީމީ ދާއިރާގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންވެ، އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުތަކާ މެދު އަދި އެކަމުގައި އަދުލުވެރި މާހައުލެއް ގާއިމްކުރަން މެންބަރުން ދެކޭ ގޮތެއް ބަލަން ބޭނުންވާ ކަމަށް ގަރާރު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.