ސޯޝަލް މީޑިއާގައި ބަރަހަނާވުމާއި ބޭއަދަބީ އަމަލުތައް ހުއްޓުވަން މަޖިލީހަށް ޝަކުވާ!

މިހާރު

23 ޖޫން 2025 | ހޯމަ | 1:10

ދިވެހިން ސޯޝަލް މީޑިއާގައި ބަރަހަނާވެ، ބޭއަދަބީ އެހެން އަމަލުތައް ހިންގަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.

އެ މައްސަލާގައި މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން މިއަދު ވަނީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.

އެ ކޮމިޓީން އެންސީއައިޓީއާ ބައްދަލުކުރީ، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ސޯޝަލް މީޑިއާގައި އެކިއެކި ޕްލެޓްފޯމުތަކުގައި ބަރަހަނާވުމާއި ބޭއަދަބީ މުއާމަލާތް ކުރާތީ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

މައުޟޫޢުތަށް