ވިނަރެސް ފްލެޓްގައި ރޯވިއިރު ފަޔާ އެލާމް ސިސްޓަމް ހުރީ ނުޖައްސާ!
މިހާރު
23 ޖޫން 2025 | ހޯމަ | 2:28
ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވިއިރު، އެ ތަނުގައި ހަރުކޮށްފައި ހުރި އެެއްވެސް ފަޔާ އެލާމެއް ނާޅާކަން އެނގިއްޖެ އެވެ.
ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގެ އެއްކޮޓަރި އާއި އެ ތަނުގައި ހުރި ހުރިހާ އެއްޗެއް މި ހާދިސާގައި ވަނީ އަނދައިފަ އެވެ. އަދި ސިޓިންރޫމުގެ އޭސީގައި ވެސް ހުޅު ހިފައި އިނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
އެ އަލިފާންގަނޑުގެ ދުމުން މުޅި އެޕާޓްމަންޓުގެ ފާރުތައް ހުރީ ކަޅުވެފަ އެވެ.