ކޭޕާކް މަންޑޭ ކޯޓަށް ހާޒިރުނުވާތީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިހާރު

23 ޖޫން 2025 | ހޯމަ | 12:36

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޖުލައި މަހު ފެށި އެ ދައުވާތަކާ ގުޅޭ ގިނަ އަޑުއެހުންތައް ކުރިއަަކަށް ނުގެންދެވެ އެވެ.

އަޑުއެހުންތައް ގިނައިން ކެންސަލް ކުރަން ޖެހުނީ މަންޑޭ ޝަރީއަތަށް ހާޒިރުނުވާތީ އެވެ. އަޑުއެހުންތަކަށް ހާޒިރުވާން އުޒުރުވެރިވެ، ޑޮކްޓަރުގެ ލިޔުންތަކެއް ވެސް އޭނާ ހުށަހަޅާފައިވެ އެވެ.

މައުޟޫޢުތަށް