އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ވާހަކަ ޓްރަމްޕް ދައްކަވައިފި
މިހާރު
23 ޖޫން 2025 | ހޯމަ | 3:37
އިރާނުގެ ވެރިކަން ބަދަލުކުރުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި އޭނާ އިއްޔެ ވިދާޅުވީ އިރާނުގެ ވެރިކަން ބަދަލު ކުރުމަކީ "ގޯސް ކަމެއް ނޫން" ކަމަށެވެ.
އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އިއްޔެ އެމެރިކާއިން ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާ ދިންކަން އިއުލާން ކުރުމަށް ފަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އިރާނަށް ހަމަލާ ދިނީ އިޒްރޭލާއި ގުޅިގެން ކަމަށެވެ.