ބޮޑީބޯޑިން އެސޯސިއޭޝަންގެ އޮފީސް ފަޅާލައި، އަގުބޮޑު މުދާތަކެއް ނަގައިފި

މިހާރު

23 ޖޫން 2025 | ހޯމަ | 2:50

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އޮފީސް ރޭ ފަޅާލައި، އެ ތަނުން އަގުބޮޑު މުދާތަކެއް ނަގައިފި އެވެ.

ފުލުހުން ބުނީ، މާލެ ހިޔާ ކައިރީގައި ހުންނަ ގަލޮޅު ޔޫތު ސެންޓަރުގައި ހިންގާ އެ އެސޯސިއޭޝަންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައި ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ލިބުނީ މިއަދުގެ ހެނދުނު 8:56 ހާއިރު ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ އެ ތަނުން "ޑެލް އިންސްޕިރޯން 15" ގެ ދެ ލެޕްޓޮޕާއި ލެނޯވޯ ހަތަރު ޓެބްލެޓާއި ދެ ހާޑް ޑިސްކާއި ސެމްސަންގް ފޯނެއްގެ އިތުރުން ވެސް ބައެއް އެހެން ސާމާނު ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

މައުޟޫޢުތަށް