ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަން ލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި

މިހާރު

23 ޖޫން 2025 | ހޯމަ | 8:05

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ސްރީ ލަންކާގެ ދެ މަސްބޯޓެއް ކޯސްޓް ގާޑުން ރޭ ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި، ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް ސިފައިންގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދެ މަސްބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މައުޟޫޢުތަށް