ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަތަކަށް އިރާނުން ހަމަލާ ދީފި
މިހާރު
23 ޖޫން 2025 | ހޯމަ | 10:54
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާނުން މީގެ އިރުކޮޅެއް ކުރިން ހަމަލާ ދީފި އެވެ.
ބީބީސީން ބުނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އިރާނުން ދިނީ މިސައިލް ހަމަލާއެއް ކަމަށެވެ.
އެކަމަކު ގަތަރުގައި މައި އޮފީސް ހުންނަ އަލްޖަޒީރާ އިން ބުނީ ހަމަލާ ދިނީ މިސައިލަކުން ކަމެއް ނުވަތަ ވައިގެ ހަމަލާއިން ދިފާއުވާ ނިޒާމަކުން ކަން ސާފުނުވާ ކަމަށެވެ.