އިރާނުގެ ހައްގަށް އަރައިގަންނަ ނަމަ ދެން ވެސް ހަމަލާ ދޭނަން: ރިވޮލިއުޝަނަރީ ގާޑް

މިހާރު

24 ޖޫން 2025 | އަންގާރަ | 12:07

އިރާނުގެ ހައްގުތަކަށް އަރައިގަނެ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ދޭ ކޮންމެ ހަމަލާއަކާ އެކު، ދެން ވެސް ބަދަލު ހިފާނެ ކަމަށް އެ ގައުމުގެ އެންމެ މަތީ އަސްކަރީ ގޮފީ ރިވޮލިއުޝަނަރީ ގާޑުން މިރޭ ބުނެ އިންޒާރު ދީފި އެވެ.

ރިވޮލިއުޝަނަރީ ގާޑުން މިރޭ ވަނީ، ގަތަރުގެ ދޯހާ އާއި އިރާގުގެ އަންބަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ.

އިރާނުން ބުނީ އެއީ އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް އެމެރިކާ އިން އިއްޔެ ދިން ހަމަލާތަކަށް ދިން ރައްދެއް ކަމަށެވެ.

މައުޟޫޢުތަށް