އިރާނުގެ ހަމަލާތަކާއެކު ރާއްޖެ އަށް އެތައް ފްލައިޓެއް ޑިލޭ ވެދާނެ!
މިހާރު
24 ޖޫން 2025 | އަންގާރަ | 12:26
ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން މިރޭ ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެ އަށް ދަތުރުކުރާ އެތައް ފްލައިޓެއް ޑިލޭ ވެދާނެ ކަމަށް ބެލެވިއްޖެ އެވެ.
މި ހަމަލާތަކާ ގުޅިގެން ގަތަރާއި ޔޫއޭއީ އާއި ބަހުރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހައްދު މިރޭ ވަނީ ބަންދުކޮށްފަ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫއޭއީގެ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެ އަށް ދަތުރުކުރާ މީހުން އެންމެ ގިނައިން ޓްރާންސިޓްވާ އެއް އެއާޕޯޓެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖެ އަންނަ ޓޫރިސްޓުންނެވެ.