އިރާނަށް އަމާޒުކޮށް އަސްކަރީ އިތުރު ފިޔަވަޅުތަކެއް ޓްރަމްޕް އަޅުއްވަފާނެ: ވައިޓްހައުސް

މިހާރު

24 ޖޫން 2025 | އަންގާރަ | 7:10

އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް އިރާނުން މިރޭ ދިން ހަމަލާތަކާ ގުޅިގެން އެ ގައުމަށް އަމާޒުކޮށް އަސްކަރީ އިތުރު ފިޔަވަޅުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވަފާނެކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

އިރާނުން ރޭ ވަނީ ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އެ ހަމަލާ އަކީ އާދިއްތަ ދުވަހު އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާތަކަށް ދިން ރައްދެއް ކަމަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުންޏެވެ.

އިރާނުން ދިން ހަމަލާއާ ގުޅިގެން ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއިން ބުނީ އެ ހަމަލާތައް އިރާނުން ދޭނެކަން ޓްރަމްޕްގެ ސަރުކާރުން ލަފާކުރި ކަމަށެވެ.

މައުޟޫޢުތަށް