ކްލަބް ވޯލްޑް ކަޕުގައި މެސީގެ އިންޓަ މަޔާމީ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް

މިހާރު

24 ޖޫން 2025 | އަންގާރަ | 10:05

މަޔާމީ (ޖޫން 24) - ބްރެޒިލްގެ ޕަލްމެއިރާސްއާ ވާދަކޮށް 2-2 އިން އެއްވަރު ކޮށްލައިގެން ލިއޮނެލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އިން ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ޕަލްމެއިރާސް އާއި އިންޓަ މަޔާމީ ވެސް ވަނީ އެއް މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރު ކޮށްލައިގެން ފަސް ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ލިބުނީ ޕަލްމެއިރާސް އަށެވެ. އިންޓަ މަޔާމީއަށް ލިބުނީ ގުރޫޕް އޭގެ ދެ ވަނަ އެވެ.

ގުރޫޕްގެ ދެ ވަނައާ އެކު މުބާރާތުގެ ގަދަ 16 ގައި އިންޓަ މަޔާމީ ނުކުންނާނީ ގުރޫޕް ބީގެ އެއް ވަނަ ހޯދި ޕީއެސްޖީއާ ދެކޮޅަށެވެ. ޕަލްމެއިރާސް ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ހޯދި ހަމަ އެ ގައުމުގެ ބޮޓަފޯގޯއާ ދެކޮޅަށެވެ.

މައުޟޫޢުތަށް