މަސްރަހު ގޯސްވުމާ އެކު، މެދުއިރުމަތީގައި ތިބި ދިވެހިންގެ ހާލު އަންނަނީ ބަލަމުން: ހަލީލް
މިހާރު
24 ޖޫން 2025 | އަންގާރަ | 8:32
އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވުމާ ގުޅިގެން، އެ ސަރަހައްދުގައި މިވަގުތު ތިބި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ރޭ ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު، ގަތަރުގެ އަލް އުދައިދު އެއާ ބޭސް އަށް އީރާނުން މިސައިލް ހަމަލާދިނުމާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދުތައް ވެސް މިހާރު ބަންދުކޮށްފަ އެވެ.
ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.